މަރު

އިނގިރޭސި ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވެއްޖެ

އިނގިރޭސި ރާނީ ކުއީން އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވެއްޖެ އެވެ.

އުމުރުފުޅުން 99 އަހަރުގެ ފިލިޕް އަވަހާރަވެފައިވިކަން ޝާހީ އާއިލާއިންވެސް ވަނީ ޔަގީންކޮށްދީފައެވެ. ފްރިންސް އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އެވެ. އާލާސްކަންފުޅާއި ގުޅިގެން މި ފަހުން ބޭއްވި ގިނަ ރަސްމިއްޔާތުތަކުން ޕްރިންސް ފެނިވަޑައިގެންފައެއް ނުވެއެވެ.

ރާނީގެ ފިރިކަލުން އަވަހާރަވުމާއި ގުޅިގެން ގައުމުތަކުގެ އިސްވެރިން ގެންދަވަނީ ހިތާމަފާޅު ކުރައްވަމުންނެވެ. އަދި ރާނީ އާއި ޝާހީ އާއިލާއަށް ތައުޒިޔާ ފޮނުއްވަމުން އެބަ ގެންދަވައެވެ.