ހަބަރު

އިނގިރޭސި މީހާ މޫދަށް އެރުނީ އަމިއްލައަށް

މާލޭ ދެކުނު ފަރާތު މޫދު ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާ އިއްޔެ އަމިއްލައަށް މޫދަށް އެރޭ މަންޒަރު ސީސީޓީވީން ފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

މާލޭ ފަޅުތެރޭގައި މީހަކު މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓު ކޮށްފައި ވަނީ އިއްޔެ ހެނދުނު އެވެ. ފުލުހުން އެ ސަރަހައްދަށް ގޮސް އެ މީހާ އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ އިއްޔެ ޔަގީންކޮށްދީފަ އެވެ.

މަރުވެފައި އޮއްވާ ފެނުނީ އިނގިރޭސިވިލާތުގެ ރައްޔިތެކެވެ. އެއީބ އުމުރުން 58 އަހަރު މީހެކެވެ.

ފުލުހުން މިއަދު ބުނީ މަރުވެފައި އޮއްވާ މޫދުތެއިން ފެނުނު މީހާ އަމިއްލައަށް މޫދަށް އެރޭ މަންޒަރު އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އޭނާގެ ހަށިގަނޑު ހަރަކާތެއް ނެތި ފެންމަތީގައި އޮންނަ މަންޒަރު ވެސް ފެންނަ ކަމަށެވެ.

މިދިޔަ މަހު 23 ގައި ވެސް ވަނީ އައިޖީއެމްއެޗް ސަރަހައްދުގެ މޫދުން މީހަކު ފެނިފަ އެވެ. އޭނާގެ ހަށިގަނޑަށް ޒަހަމް ތަކެއް ލިބިފައި ހުރުމާއެކު މަރުގެ ހަގީގަތް ހޯދުމަށް ބޭރަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ވަނީ ހަދާފަ އެވެ. އަދި ބެލުމުން އޭނާ މަރުވީ ގެނބިގެން ކަމާއި އެ ޒަހަމްތަކަކީ މޫދުގައި އޮތް ލިބުނު ޒަހަމްތަކެއް ކަމަށް ބެލެވޭ ކަމަށް ޕޯސްޓްމޯޓަމް ހެދި ފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ. ނަމަވެސް އެ ރިޕޯޓް އާއިލާއިން ގަބޫލެއް ނުކުރެ އެވެ.