ގާސިމް އިބްރާހިމް

ގާސިމްގެ ބޮޑުމަންމަ އަވަހާރަވެއްޖެ

Apr 13, 2021

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، "ބޮޑުމަންމަ" ވިދާޅުވާ ރުގިއްޔާ އަލީ އަވަހާރަ ވެއްޖެވެ.

ގާސިމްގެ ދެބެންގެ ދެދަރި ދައްތައެއް ކަމުގައިވާ އދ. މާމިގިލި، ނޫވިލާގެ، ރުގިއްޔާ އަލީ ނިޔާވީ އުމުރުފުޅުން 93 އަހަރުގަ އެވެ. އާއިލާގެ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ރުގިއްޔާ އަވަހާރަވީ އާލާސްކަންފުޅަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގަ އެވެ.

ގާސިމު ވަރަށް ތުއްޕުޅުއިރު އެމަނިކުފާނުގެ މަންމާފުޅު އަވަހާރަވުމުން ގާސިމުގެ ހުރިހާ ކަމަކާ ރުގިއްޔާ ހަވާލުވެވަޑައިގަތުމާއެކު ބޮޑުފުޅު ވަންދެން ގާސިމް ދިރިއުޅުއްވީ ރުގިއްޔާގެ އަރިހުގަ އެވެ.

މިއަދުގެ މެންދުރު ނަމާދަށްފަހު މާލޭގެ އާ ސަހަރާ މިސްކިތުގައި ވަނީ ރުގިއްޔާގެ ކަށުނަމާދާއި ޖަނާޒާ ކުރިއަށް ގެންގޮސްފަ އެވެ.