މޯލްޑިވްސް ކަސްޓަމްސް ސާވިސް

ރާއްޖެ އެތެރެކުރަން އުޅުނު ހަތަރު މިލިއަން ރުފިޔާގެ ޑްރަގްސް އަތުލައިގެންފި

ކުރިއާ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 4.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

މި ތަކެތި އަތުލައިގަނެވިފައިވަނީ ކުރިއާ މަގުން ރާއްޖެ އައި ޕާރްސަލްތަކެއް ބަލައި ފާސްކުރަނިކޮށެވެ.

އަތުލައިގަނެފައިވަނީ ޖަމައިކާ އާއި ނައިޖީރިއާ އިން އެތެރެކޮށްފައިވާ ކޮކެއިން ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެ އެވެ.

ނައިޖީރިއާ އިން އެތެރެކުރީ 1.32 ކިލޯގްރާމް ކޮކެއިން އެވެ. ޖަމައިކާ އިން އެތެރެކޮށްފައިވަނީ 547 ގްރާމް ކޮކެއިން އެވެ.

ކަސްޓަމްސް އިން ބުނީ އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ އަގު 4.7 މިލިއަން ރުފިޔާ އަށް އަރާ ކަމަށާއި އެ ތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި އަހަރުން އަހަރަށް އިތުރުވަމުންދާ ކަން ކަމާ ގުޅޭ އިދާރާތަކުގެ ތަފާސްހިސާބުތަކުން ހާމަވެ އެވެ.