ކުއްލި ޚަބަރު

އިންޒާރުގެ ވީޑިއޯ އަޕް ކުރީ ސަންގު ޓީވީިންކަން ކަށަވަރުވާ ހެކި އެބަހުރި: ޕޮލިސް

Nov 7, 2015
9

ސަންގު ޓީވީއަށް ވަނީ ބަލަމުން ދިޔަ މައްސަލާގައި ހެކި ލިބިފައިވާތީ ކަމަށާއި އިންޒާރުގެ ވީޑީއޯ އަޕްލޯޑްކޮށްފައި ވަނީ ސަންގު ޓީވީގެ ތެރެއިންކަން ކަށަވަރުވާތީ ކަމަށް ފުލުހުން ބުނެފި އެވެ.

ނަވާޒު ވިދާޅުވީ ސަންގު ޓީވީއަށް ވަނީ މިދިއަ މޭ މަހުގެ 9 ވަނަ ދުވަަހު، ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ފުލުސް ކޮމިޝަނާ ހުސައިން ވަހީދަށް އިންޒާރު ދީ އަދި ރާއްޖޭ ޓޫރިޒަމަށް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ވިޑީއޯއެއްގެ މައްސަލާގައި ކަމަށާއި އެ ވިޑިއޯ އަޕްލޯޑްކޮށްފައި ވަނީ ސަންގު ޓީވީންކަން ކަށަވަރުވާ ހެކިވެސް އެބަހުރި ކަމަށެވެ.

"ފުލުހުންގެ ތަހުގީޣަށް ވަނީ އައިޕީ އެޑްރެސް ހޯދިފައި. އައިޕީ އެޑްރެސް އަކީ ސަންގު ޓީވީގައި ބޭނުންކުރާ އައިޕީ އެޑްރެހެއް،" ފުލުހުންގެ ތަރުޖަމާނު ކަން ވެސް ކުރައްވާ ނަވާޒު ވިދާޅުވި އެވެ.

އަދި ވިދާޅޫވީ ސަންގު ޓީވީ އިން ގެންދިޔަ ތަކެތި އަދި އެސްޓޭޝަނާއި ހަވާލު ނުކުރާ ކަމަށާއި އިތުރު ހެކި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިހާރު ކުރާ މަސައްކަތް ނިންމާ އެތަކެތި ސަންގު ޓީވީ ހަވާލު ކުރާނެ ކަމަށެވެ.

ނަވާޒު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތުމުން އަމުރެއް ނެތިވެސް ފުލުހުންނަށް ވަދެވޭނެ ކަމަށާއި ނަމަވެސް ވަނީ ކޯޓް އަމުރު ހޯދައިގެން ކަމަށެވެ. އަދި އަމުރުގައި ކުށެއް އޮތުމަކީ ގާނޫނާ ހިލާފު ކަމެއް ހިނގުމުން ބަލައި ފާސް ކުރަންޖެހޭ ތަނަކަށް ނުވަދެވުން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްބާރުލުން ދިން ނަމަ ކޯޓް އަމުރެއް ހޯދައިގެން ވަންނަން ނުޖެހުނީސް ކަމަށާއި އަދި ވިދާޅުވީ މީޑިއާ އަކުން ވިޔަސް ކުށަކަށް އަރައިގަންނަން ފުރުސަތު ނުދެވޭނެ ކަމަށާއި މީޑިއާ ތަކަކީ ކުށްތަކަށް އަރައިގަންނަ ހާއްޔަކަށް ވެެގެން ނުވާނެ ކަމަށެވެ.

ފުލުހުން ނޫސްވެރިންނާއި މީޑިއާ ހައުސް ތަކުގެ މަސައްކަތްތަކަށް ދަތިވާ ގޮތަށް އަމަލުކުރަމުންދާ ކަމަށް ބުނެ ފުލުހުންނަށް ފާޑު ކިޔުން އަމާޒުވާ ކަން ފާހަގަކުރައްވާ ނަވާޒް ވިދާޅުވީ އެކަމާ ފުލުހުން ހިތާމަކުރައްވާ ކަމަށެވެ. ނޫސްވެރިންގެ މަސައްކަތްތަކަށް ފުލުހުން ހުރަސް އަޅާފައި ނުވާނެ ކަމަށާއި އަދި ފުރުސަތު ދެވެން އޮތް މިންވަރަކުން ފުރުސަތު ދެމުން ގެންދާ ކަމަށެވެ. އަދި ވިދާޅުވީ ވަކި ސަރަހައްދެއް ބަންދުކޮށް ފުލުހުން ހަރަކާތްތެރިވާ ވަގުތެއްގައި ފުލުހުންގެ ވާޖިބަށް ހުރަސް އަޅާނަމަ އެއީ ކޮންމެ ފަރާތެއް ނަމަވެސް އެ ފަރާތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ.