ފުލުހުން ބަލައި ފާސް ކުރުން

ފުލުހުން ހެންވޭރު، ގެއެއް ބަލައި ފާސްކޮށްފި

ހ. ހިތިގަސް މަގުގައި ހުންނަ ވައިޓް ސެޑާ ފުލުހުން ވަދެ އެ ގެ ބަލައި ފާސް ކުރަން ފަށައިފި އެވެ.

މިރޭ ގާތްގަނޑަކަށް 1:00 ޖަހާ އެހާކަންހާއިރު އެ ގެއަށް ފުލުުން ވަދެ ފާސް ކުރަމުގައި ގާތްގަނޑަކަށް ގަޑިއެއްހާއިރު ހޭދަކުރުމަށްފަހު އެގެއިން ނުކުމެގެން ދިޔައިރު އެއްޗެއް ގެންދިޔަ ތަނެއް ނުފެނެ އެވެ. ފުލުހުންގެ ފޮރެންސިކް ޓީމް ވެސް މިހާރު ވަނީ އެ ގެ ދޫކޮށް ގޮސްފައެވެ.

އެ ގެއަށް ވަނީ ކޮންކަމަކަށް ތުހުމަތު ކުރެވިގެން ކަމެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް އެ ސަރަހައްދުގައި ތިބި ބައެއް މީހުން ބުނާ ގޮތުގައި އެ ގެއަކީ ބ. ހިބަޅިދޫން ހޯދި ހަތިޔާރުތަކާ ގުޅިގެން ހޯދަން އިއުލާން ކޮށްފައިވާ މުހައްމަދު އައްލާމް ލަތީފު (މޮހޯ) އާ ގުޅުމެއް އޮންނަ ގެއެކެވެ. އަދި ބައެއް މީހުން ބުނާ ގޮތުގައި އެގޭގައި އޭނާގެ ގުދަނެއް ހުރެ އެވެ.

އެގެ ބަލައި ފާސް ކުރީ އެ ސަރަހައްދު ބަންދުކޮށްގެނެވެ.