ދިއްފުށި

ދިއްފުށި ގޮނޑުދޮށުގައި މަރުވެފައި އޮތް މީހެއްްގެ ހަށިގަނޑު ފެނިއްޖެ

ކ. ދިއްފުށި ގޮނޑުދޮށުން މަރުވެފައި އޮތް މީހެއްްގެ ހަށިގަނޑު ފެނިއްޖެ އެވެ.

އެމީހާގެ ހަށިގަނޑު ފެނިފައި ވަނީ ދިއްފުށީގައި ހިންގާ އައިސްޕްލާންޓާއި ދިމާލު ގޮނޑުދޮށުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު މެންދުރުފަހު 1:15 ހާއިރު ދިއްފުށި ބަނދަރު ސަރަހައްދު މޫދުގައި މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މަރުވެފައި އޮއްވާ ފެނުނު މީހާ އަކީ އުމުރުން 23 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. އެ މީހާގެ ހަށިގަނޑު މިހާރު އޮތީ ދިއްފުށި ސިއްހީ މަރުކަޒުގަ އެވެ.

އެ މީހާ އަކީ ކަރަންޓީން ވާން ފަތުރުވެރިއެއްގެ ގޮތުގައި ދިއްފުށްޓަށް ގޮސް ހުރި މީހެއް ކަމަށް އެނގިފައިވެ އެވެ.