މިރޭ މާލޭގައި ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލި ހާދިސާގައި ފަސް މީހަކަށް އަނިޔާވެފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.
ފުލުހުން ދެންމެ ބުނީ ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލި ހާދިސާގައި އަނިޔާވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްއެންޑީއެފްގެ ދެ ބޭކަލަކަށާއި އިނގިރޭސިވިލާތަށް ނިސްބަތްވާ ފިރިހެނަކަށް އަދި ދިވެއްސަކަށް ކަަމަށެވެ. އަނިޔާވި ސިފައިންގެ ބޭކަލުންނަކީ ރައީސް ނަޝީދުގެ ހަށިފާރަވެރިންނެވެ.
އެމްއެންޑީއެެފުން ބުނީ އަނިޔާވި ސިފައިންނަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.
ނަމަވެސް ރައީސް ނަޝީދުގެ އިތުރުން ބިދޭސީ މީހާ އާއި ދިވެހި މީހާއަށް ދަނީ ފަރުވާ ދެމުންނެވެ. ރައީސް ނަޝީދަށް ބޭރުފުށުން ގިނަ ޒަހަމުތަކެއް ވަނީ ލިބިފައެވެ. ގިނަ ސާޖަރީތަކެއް ކުރަން ޖެހޭ ކަމަށްވެސް އޭޑީކޭ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
އިނގިރޭސިވިލާތުގެ މީހާއަށް އޭޑީކޭގައި ފަރުވާ ދެމުންދާއިރު ދިވެހި މީހާއަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގައެވެ. ދިވެހި މީހާގެ ފަޔަށް ބޮޑު ޒަހަމެއް ވަނީ ލިބިފައެވެ.