މޯލްޑިވްސް ޕޮލިސް ސާވިސް

އަދީބުގެ ރިޝްވަތު މައްސަލަ ޕީޖީއަށް ފޮނުވަން މަސައްކަތް އެބަކުރަން: ޕޮލިސް

Nov 9, 2015
ކުރީގެ ނައިބު ރައީސް އަދީބު
0%
0%
0%

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފުލުހުންގެ ބަޔަކަށް ރިޝްވަތު ދީގެން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓްތަކެއް ހޯއްދެވި ކަމަށް ބުނެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ޕޮލިހާއި ޕީޖީ އޮފީހާ ގުޅިގެން ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

"ކުރީގެ ނައިބު ރައީސްގެ މައްސަލަ ތަހުގީގުކޮށް ޕީޖީއަށް ފޮނުވަންކުރަންޖެހޭ ކަންކަން ޕީޖީ އޮފީހާ ގުޅިގެން ކުރަމު މިދަނީ،" ޕޮލިސް މީޑީއާ އޮފިޝަލަކު މިއަދު ވިދާޅުވި އެވެ.

ނައިބު ރައީސް އަހުމަދު އަދީބުގެ އެޕާޓްމަންޓުގައި ޕިސްތޯލު ގެންގުޅުއްވާފައިވާ ކަމަށާއި އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންޓެލިޖެންސްގެ ބައެއް މީހުނަށް ރިޝްވަތުދީގެން އަމިއްލަ ފައިދާއަށް ހޯދަން ބޭނުން ކުރި މައްސަލަ ބަލަމުން އަންނަ ކަމަށާއި ލަހެއް ނުވެ އެ މައްސަލަ ޕީޖީއަށް ފޮނުވާނެ ކަމަށް އޭރު ވެސް ބުންޏެވެ.

އެ ދުވަހު ވާހަކަފުުޅު ދައްކަވަމުން ޗީފް ސުޕްރިޓްޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ ރިޔާސީ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލި ހާދިސާއާ ގުޅިގެނ ސިފައިންނާއި ފުލުހުން ކުރަމުންގެންދާ ތަހުގީގުގައި އަދީބާއި ގުޅޭ ބައެއް ކަހަލަ މައްސަލަ ފެންމަތި ވެފައިވާ ކަމަށާއި އެގޮތުން އަދީބާއި ގުޅުން ހުރި ދެ މައްސަލަ ދެ ދުވަހެއް ތެރޭގައި ޕީޖީއަށް ފޮނުވާނެ ކަމަށެވެ.

އެދުވަހު ވިދާޅޫވީ އަދީބު ވަނީ ފުލުހުންގެ އިންޓަލިޖަންސް އިދާރާގެ ބައެއް މީހުނަށް ފައިސާގެ ރިޝްވަތުދީ އެމީހުންގެ އިލްމާއި ތަޖުރިބާ އަދި ހުނަރު އަދީބުގެ އަމިއްލަ ފައިދާއަށް ބޭނުންކޮށްފައި ކަމަށެވެ.

"ފުލުހުންގެ އިންޓެލިޖެންސް އޮފިސަރުންނަށް ރިޝްވަތު ދިން މައްސަލައިގެ ތަހުގީގުގައި ސީސީޓީވީ ފުޓޭޖުތަކުން ފެންނަ ގޮތުން ފުލުހުންގެ ސީނިއާ ބައެއް ބޭފުޅުހުން އަދީބު ދިރިއުޅުއްވާ އެޕާޓްމަންޓަށް ޒިޔާރަތް ކުރައްވާތަން ފެނޭ. އެހެންވެ އެ ފަރާތްތަކާ ސުވާލު ކުރުމުން އަދީބާއި ގުޅިގެން ފައިސާގެ މަންފާ ލިބިފައިވާ ކަން ވަނީ ކިޔައިދީފައި،" ހަމްދޫން ވިދާޅުވި އެވެ

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345