މަރު

ދަތުރު ނިންމާލި ތަނާ ފެރީ ކެޕްޓަނަކު މަރުވެއްޖެ

ފެރީ ކެޕްޓަނަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ދޫނިދޫއަށް ދަތުރުކުރާ ފެރީއެއްގެ ކެޕްޓަނަކު ދޫނިދޫގައި ހުއްޓާ ކުއްލިއަކަށް ހަބަރު ހުސްވެގެން ވެއްޓުމާއި ގުޅިގެން ދޫނިދޫ މެޑިކަލްއަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.

އެއީ އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި ފެރީއަކީ ދޫނިދޫއާ މާލެއާ ދެމެދު ދަތުރުކުރުމަށް ކުއްޔަށް ދޫކުރާ ފަރާތުން އޮޕަރޭޓްކުރާ ގޮތަށް ކުއްތަށް ހިފައިގެން ދުއްވަމުން އައި ފެރީ އެކެވެ. ފުލުހުން ބުނީ އެއީ ފުލުހެއް ނުވަތަ ފުލުހުންގެ ސިވިލް މުވައްޒިފެއްވެސް ނޫން ކަމަށެވެ.