މޯލްޑިވްސް ޕޮލިސް ސާވިސް

މަރުވެ ކުނިވެފައިވަނިކޮށް ޒުވާނެއްގެ ހަށިގަނޑު ފެނިއްޖެ

މާލެއިން މަރުވެ ކުނިވެފައިވަނިކޮށް ޒުވާނެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

ފުލުހުން ބުނީ ގަލޮޅުގެ ގެއަކުން ކުނިވަސް ދުވާތީ ބެލި ބެލުމުން މަރުވެ ގިނަ ދުވަސްތަކެއް ވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

އެ ރިޕޯޓް ފުލުހަށް ލިބިފައިވަނީ މިރޭ 2:33 ގައި ކަމަށްވެސް ބުންޏެވެ. އެ ރިޕޯޓާ ގުޅިގެން ބެލި ބެލުމުން މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 27 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މައްސަލައިގެ ވަށަައިގެންވާ ކަންކަން ބަލަމުންދާ ކަމަށެވެ.