މޯލްޑިވްސް ޕޮލިސް ސާވިސް

ދޫކޮށްލި ދެ މީހުން އަނެއްކާ ހައްޔަރަށް

އެސްއޯ ފުލުހުންތަކެއް: ކޯޓުން ދޫކޮށްލި ދެ މީހަކު ހައެއް ފަހެއްގެ ހަމަލާއާއި ގުޅިގެން އަނެއްކާ ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ: އަވަސް އޮންލައިން
100%
0%
0%

ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލި ހަރުކަށި ފިކުރުގެ ތިން މީހުންގެ ތެރެއިން ދެ މީހުން އަނެއްކާ ވެސް ފުލުހުން ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އެ ތިން މީހުން ދޫކޮށްލާފައިވާއިރު މިއީ ދާދި ފަހުން ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އެކި އޮޕަރޭޝަންތަކުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ބައެކެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު އަވަސްއަށް ވިދާޅުވީ ދޫކޮށްލި ތިން މީހުންގެ ތެރެއިން ދެމީހަކު ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މެއި ހަވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އެއީ ހަމަލާގެ ތުހުމަތު އޮތް ދެމީހުންކަން ސާފުކޮށްދީފައެއް ނުވެ އެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެ ތިން މީހުން ދޫކޮށްލަން ނިންމީ ކްރިމިނަލް ކޯޓްގެ ގާޒީ ހަސަން ސައީދު ނެރުއްވި އަމުރަކުންނެވެ. އެ ތިން މީހުން ދޫކޮށްލަން އަމުރުކުރެއްވި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ. އިސްތިއުނާފްކުރަން 48 ގަޑިއިރު ލިބޭނެ އެވެ.

ގާޒީ ހަސަން ސައީދުގެ މައްސަަލަތަކެއް މިހާރުވެސް ޖޭއެސްސީގައި އޮތްއިރު އެ މައްސަލަތައް ކުރިއަށް ނުގޮސް އޮތީ މަޑުޖެހިފައެވެ. ހަސަން ސައީދަކީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޕާސްޕޯޓް ދޫކޮށްލަން އަމުރުކުރެއްވި ގާޒީވެސް މެއެވެ. އެ މައްސަލަވެސް ސީރިއަސްކޮށް ބަލާ ކަަމަށް ޖޭއެސްސީން ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345