ރާއްޖޭގެ މަތިވަމުންދާ ދަރަނި މައިތިރި ކުރަން އަންނަ އަހަރުން ފެށިގެން ފިޔަވަޅުތަކެއް އަޅާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރާއްޖޭގެ ދަރަންޏާއި އާމްދަނީ އަދި އަންނަ އިގްތިސޯދީ ހާލަތުގެ މައުލޫމާތު މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގެ އާމްދަނީއަށް ވަރަށް ބޮޑަށް އަސަރު ކުރުމުން ގައުމު ހިންގަން "ކުރަން ޖެހުނު ކޮންމެ ކަމެއް" ކޮށްފައި ވާނެ ކަމަށެވެ.
މިނިސްޓަރު މިސާލެއް ނުދެއްވި ނަވެސް އޭގެ ތެރޭގައި ދޭދޭ ރަހުމަތްތެރި ގައުމުތަކުން ހާއްސަކޮށް އިންޑިއާއިން ދަރަނި ނެގުމާއި ސްކޫކް ވިއްކުން އަދި ފައިސާ ޗާޕު ކުރުން ފާހަގަ ކޮށްލަން ޖެހެ އެވެ.
"ސޯޝަލް ސެކްޓާ އަށް ވެސް، އިކޮނޮމިކް ސެކްޓާ ހިންގަން ވެސް ކުރަން ޖެހުނު ކޮންމެ ފިޔަވަޅެއް އެޅިން. މިކަން ކުރީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވޯޓައިމް [ހަނގުރާމައިގެ ހާލަތުގައި] ކަންތައް ކުރާ ގޮތަށް،" އަމީރު ވިދާޅުވި އެވެ.
ސޯޝަލް ސެކްޓާ އަށް ވެސް، އިކޮނޮމިކް ސެކްޓާ ހިންގަން ވެސް ކުރަން ޖެހުނު ކޮންމެ ފިޔަވަޅެއް އެޅިން. މިކަން ކުރީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވޯޓައިމް [ހަނގުރާމައިގެ ހާލަތުގައި] ކަންތައް ކުރާ ގޮތަށްއިބްރާހިމް އަމީރު | ފިނޭންސް މިނިސްޓަރު
މިނިސްޓަރު ވިދާޅުވީ އެހެން ނަމަވެސް ރާއްޖޭގެ ދަރަނި ދެމެހެއްޓިނިވި ލެވަލްއެއްގައި ބަހައްޓަން އަންނަ އަހަރު ފިޔަވަޅު ތަކެއް
އަޅާނެ ކަމަށާ، އަޅާ ފިޔަވަޅުތައް ބަޖެޓުން އެނގެން އޮންނާނެ ކަމަށެވެ.
"2022 ވަނަ އަހަރުގެ ބަޖެޓުން ފެންނާނެ އަމާޒަކީ މިއީ،" އަމީރު ވިދާޅުވި އެވެ.
ދަރަނީގެ ހާލަތު "ހިފަހައްޓަން" ފިޔަވަޅު ތަކެއް އަޅަން ނިންމާފައިވާއިރު، ސަރުކާރުން ވަނީ ދަރަނީގެ ތަސައްވުރު ވަނީ އާއްމުކޮށްފަ އެވެ. ދަރަނީގެ މި ތަސައްވުރުގައި ދަރަނި މައިތިރު ކުރަން ނަގިލިލާނެ ކަމަށް ބުނެފައިވެ އެވެ. މާނައަކީ ދަރަނި މަތިވިޔަ ނުދޭން ފިޔަވަޅު އަޅާނެ އެވެ.
ދަރަނި މައިތި ކުރަން އަޅާނެ ފިޔަވަޅުތައް
- 2023 ނިމެންވާއިރަށް ދައުލަތުގެ ޑައިރެކްޓް ދަރަނި ޖީޑީޕީގެ ނިސްބަތުން 105 ޕަސެންޓަށް ތިރިކުރުން
- 2023 ނިޔަލަށް ޕްރައިމަރީ ބަޖެޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ފަސް ޕަސެންޓަށް ތިރިކުރުން
- ބަޖެޓު ޑެފިސިޓް އަދި ދައުލަތުގެ ދަރަނި އަހަރަކަށްފަހު އަހަރެއް ކުޑަވަމުންދާ މިސްރާބެއްގައި މެދުރާސްތާގައި ބެހެއްޓުން
ފިނޭންސް މިނިސްޓަރީން ބުނީ މި ފިޔަވަޅުތައް އަޅަން ޖެހޭ މައިގަނޑު ސަބަބަކީ މެދުރާސްތާގައި ދައުލަތަށް ލިބޭ އާމްދަނީ އިން ޑޮމެސްޓިކް ބަޖެޓު ހަމަނުޖެހުން ކަމަށެވެ.
މި ފޫބައްދަން ދަރަނި ނަގަންޖެހޭ. ރާއްޖޭގެ މާލީ ބާޒާރުން މި ދަރަނި މުޅިން ހަމައެއް ނުޖެހޭނެ،" އަމީރު ވިދާޅުވި އެވެ. "ދަރަނި ހޯދުމަށް ބައިނަލްއަގުވާމީ އިދާރާ ތަކަށާއި މާލީ ބާޒާރަށް ދާއިރު ދަރަނި ހުރީ ދެމެހެއްޓެނިވި މިސްރާބެއްގައި ކަން އިންވެސްޓަރުން ބަލާ. ދަރަންޏަށް ލިބޭ މިންވަރާއި އިންޓަރެސްޓް ރޭޓު ބިނާ ވެގެންދާނީ ރައްޖޭގެ މާލީ ހާލަތާ މެދު އިންވެސްޓަރުން އިތުބާރު ކުރާ މިންވަރަކަށް ބެހެއްޓުން."