ރައްޔިތުންގެ މަޖިލިސް

ޣައިރު ހާޒިރުގައި 422 މީހަކަށް ހުކުމްކޮށް އަދަބެއް ނުދޭ

ޖުޑިޝަރީ ކޮމިޓީގެ މިއަދު ބައްދަލުވުން: ޣައިރު ހާޒިރުގައި 422 މީހަކަށް ހުކުމްކޮށް އަދަބު ނުދީ އެބަތިބި ކަމަށް ކަރެކްޝަންގެ ތަފާސްހިސާބުތަކުން ދައްކާ --- ފޮޓޯ: މަޖިލިސް
0%
0%
0%

ޣައިރު ހާޒިރުގައި 422 މީހަކަށް ހުކުމްކޮށް، އަދަބު ތަންފީޒު ނުކުރެވި އެބަތިބި ކަމަށް ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބުނެފި އެވެ.

ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ހުކުމް ތަންފީޒު ނުވެ ތިބި މީހުންގެ ތަފްސީލް ކަރެކްޝަނާއި ހޯމް މިނިސްޓްރީން ކޮމިޓީއާ ހިއްސާކޮށްފައިވާ ކަމަށެވެ.

ކޮމިޓީން އެ މައުލޫމާތު ހޯދީ ޝަރީއަތް ނިމެންދެން ޕާސްޕޯޓު ހިފަހައްޓާފައިވާ ފަރާތްތަކުގެ މައްސަލަ ތަކެއް ކޮމިޓީން ދިރާސާކުރަމުންދާތީ އެކަމާ ގުޅިގެންނެވެ.

ކަރެކްޝަނުން ކޮމިޓީއަށް ދީފައިވާ މައުލޫމާތުތައް ހިއްސާކުރައްވަމުން އިމްތިޔާޒު ވިދާޅުވީ ގައިރު ހާޒިރުގައި ހުކުމް ކޮށް، ހުކުމް ތަންފީޒު ނުކުރެވި 422 މީހަކު އެބަ ތިބި ކަމަށާއި އެމީހުންގެ ހުކުމް ތަންފީޒު ކުރެވޭ ގޮތް ނުވެފައިވަނީ ދައުލަތައް އެމީހުން ނުހޯދިގެން ކަމަށެވެ.

އޭގެ ތެރޭގައި 2006 ވަނަ އަހަރު ހުކުމްކޮށްފައި ތިބި ފަރާތްތަކާއި މި އަހަރު ހުކުމްކޮށްފައި ތިބި ފަރާތްތައް ވެސް ހިމެނޭ ކަމަށާއި ކުރީގައި ޣައިރު ހާޒިރުގައި ގިނަ ހުކުމްތައް ކޮށްފައި ވަނީ ގާނޫނުއަސާސީއާ ތައާރުޒުވާ ގޮތަށް ކަމަށްވެސް އިމްތިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޯމް މިނިސްޓްރީން މިއަދު ހިއްސާ ކޮށްފައިވާ މައުލޫމާތަކީ ކޮމިޓީން އެދުނު މައުލޫމާތު ނޫން ކަމަށެވެ. އަދި ވިދާޅުވީ މިދިޔަ އަހަރު ހޯމް މިނިސްޓްރީން ކޮމިޓީއާ ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ގާނޫނުއަސާސީއާ ތައާރުޒުވާ ގޮތަށް ހުކުމްކޮށް، އެ ހުކުމް ތަންފީޒު ނުކުރެވި ތިބި 287 ފަރާތެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށެވެ.

މިހާރު އޭގެތެރެއިން ބައެއް މީހުންގެ ޕާސްޕޯޓް ދޫކޮށްލާފައިވާ ކަމަށް ކޮމިޓީއަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ފާހަގަކުރެއްވި އެވެ.

"ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ޕާސްޕޯޓު ހިފަހައްޓާފައިވާ ފަރާތްތަކަކީ ކޮބައިކަން ހޯދުމަށް މިއަދު ހޯމް މިނިސްޓްރީގައި އެދޭނަން." އަމްތިޔާޒް ވިދާޅުވި އެވެ.

އިމްތިޔާޒް އިތުރަށް ވިދާޅުވީ ހޯމް މިނިސްޓްރީން މައުލޫމާތު ލިބުމުން ޣައިރު ހާޒިރުގައި ކުރިން ކޮށްފައި ހުރި ހުކުމްތަކަކީ ގާނޫނާ އެއްގޮތަށް ކޮށްފައި ހުރި ހުކުމްތަކެއްތޯ ބަލައި، އެފަދަ ފަރާތްތަކުގެ ޕާސްޕޯޓު ހިފަހައްޓާފައި ބެހެއްޓޭނެތޯ ކޮމިޓީން ބަލާނެ ކަމަށެވެ. އަދި އެ މައްސަލައާއި ގުޅޭ ރިޕޯޓެއް އެކުލަވާލުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެ ކަމުގައިވެސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345