މަރު

ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

Mar 25, 2022

ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ.

މަރުވެފައިވަނީ ކ. ތުލުސްދޫއަށް ޗުއްޓީ ހޭދަކުރަަން ގޮސް އުޅުނު އިޓަލީގެ ރައްޔިތެކެވެ. އޭނާ އެ ރަށަށް ދިޔައީ އާއިލާ އެކުގައެވެ.

ތުލުސްދޫ ކައުންސިލުން ބުނީ މިއަދު ހެނދުނު ސްނޯކްލިންއަށް ގޮސްގެން އުޅެނިކޮށް މަރުވެފައިވަނީ 72 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ އެ ލޯންޗެއްގައި ތިބި ބަޔަކަށެވެ. އެ މީހުންވެސް އޭނާގެ ކައިރިއަށް ގޮސްފައިވަނީ އޭރު އޮތް ސަރަހައްދުގައި އޮވެއްޖެނަމަ ނުރައްކާވެދާނެ ކަމަށް ބުނުމަށެވެ. އެއީ އެ ސަރަހައްދުން ދަތުރުކުރާ ލޯންޗަކުން ނުވަތަ އުޅަނދަކުން ޖެހުމުގެ ފުރުސަތު އޮތީތީއެވެ.

ނަމަވެސް އޭރު އޭނާ އޮތީ މަރުވެފައެވެ.