ކަނޑިތީމުގަައި އެއް އަހަރުގެ ކުއްޖަކު ގެނބިގެން މަރުވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ކަނޑިތީމުއި ކުޑަ ކުއްޖަކު ގެއްލިގެން ހޯދަމުންދާ ކަމުގެ ރިޕޯޓެއް މިއަދު އިރުއޮއްސި 6:30 ގައި ލިބިފައިވާ ކަމަށެވެ. އެ ރިޕޯޓް ލިބުނީ އާންމު މީހެއްގެ ފަރާތުންނެވެ.
ގެއްލިގެން ހޯދަމުން ދިޔައީ އެއް އަހަރު ފިރިހެން ކުއްޖެކެވެ.
ފުލުހުން ބުނީ އެ ކުއްޖާ މޫދުގައި އޮއްވާ ފެނިފައިވާ ކަމަށެވެ. އަދި އެ ކުއްޖާ އެ ރަށު ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަަމަށެވެ.
މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.