މޯލްޑިވްސް ޕޮލިސް ސާވިސް

ޕާކިސްތާނު މީހާގެ ބަންދަށް ދެވަނަ ފަހަރަށް މުއްދަތު ޖަހައިފި

ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރަންޓްގައި ރޭ ވަޅިން ހަމަލާދީ ބަންގްލަދޭޝް މީހަކު މަރާލި މައްސަލާގައި ހައްޔަރުކޮށްފައިވާ ޕާކިސްތާނުގެ އުމުރުން 26 އަހަރުގެ މުހައްމަދު އާބިދުގެ ބަންދަށް ދެވަނަ ފަހަރަށް މުއްދަތު ޖަހައިިފި އެވެ.

ޚާންޖީ ރެސްޓޯރަންޓްގައި މިދިޔަ މަހުގެ 16 ވަނަ ދުވަހު ހިނގި ހާދިސާގައި އެތަނުގެ ޝެފަކަށް މަސައްކަތްކުރާ އާބިދު ވަނީ އެ ތަނުގައި މަސައްކަތް ކުރާ ވެއިޓަރަކަށް ބޮޑު ވަޅިއަކުން އެތައް ފަހަރަކު ހަމަލާ ދީފަ އެވެ. ކަރާއި ހަށިގަނޑު އެކި ގުނަވަންތަކަށް ފުން ޒަހަމުތައް ދީފައި ހުއްޓެވެ. އެކަމާއި ގުޅިގެން ވަގުތުން އޭނާ މަރުވި އެވެ.

ހޮސްޕިޓަލަށް ގެންދިއުމުގެ ކުރީން އޭނާއަށް އެކި ކަހަލަ ފަރުވާ ދެވޭތޯ ރެސްޓޯރަންޓްގެ މުވައްޒިފުން މަސައްކަތް ކުރިއެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ މީހާ ވަނީ މަރުވެފައެވެ.

ހަމަލާ ދިނުމަށްފަހު އާބިދު ވަނީ އެތަނުން ފިލައިފަ އެވެ. އާބިދު ފެނުނީ ހުޅުމާލެ ދެވަނަ ފޭސްގައި ފިލާ އޮއްވައެވެ.

އޭނާގެ ބަންދަށް ފުރަތަމަ ދިން 15 ދުވަސް ހަމަވުމުން އިތުރު 15 ދުވަހުގެ ބަންދެއް ވަނީ ޖަހާފައެވެ.