ޕާކިސްތާން

ޕާކިސްތާނު މީހާގެ ބަންދަށް އިތުރު 15 ދުވަސް

May 16, 2022

ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރަންޓްގައި ރޭ ވަޅިން ހަމަލާދީ ބަންގްލަދޭޝް މީހަކު މަރާލި މައްސަލާގައި ހައްޔަރުކޮށްފައިވާ ޕާކިސްތާނުގެ އުމުރުން 26 އަހަރުގެ މުހައްމަދު އާބިދުގެ ބަންދަށް ތިންވަނަ ފަހަރަށް މުއްދަތު ޖަހައިިފި އެވެ.

ޚާންޖީ ރެސްޓޯރަންޓްގައި މިދިޔަ މަހުގެ 16 ވަނަ ދުވަހު ހިނގި ހާދިސާގައި އެތަނުގެ ޝެފަކަށް މަސައްކަތްކުރާ އާބިދު ވަނީ އެ ތަނުގައި މަސައްކަތް ކުރާ ވެއިޓަރަކަށް ބޮޑު ވަޅިއަކުން އެތައް ފަހަރަކު ހަމަލާ ދީފަ އެވެ. ކަރާއި ހަށިގަނޑު އެކި ގުނަވަންތަކަށް ފުން ޒަހަމުތައް ދީފައި ހުއްޓެވެ. އެކަމާއި ގުޅިގެން ވަގުތުން އޭނާ މަރުވި އެވެ.

ހޮސްޕިޓަލަށް ގެންދިއުމުގެ ކުރީން އޭނާއަށް އެކި ކަހަލަ ފަރުވާ ދެވޭތޯ ރެސްޓޯރަންޓްގެ މުވައްޒިފުން މަސައްކަތް ކުރިއެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ މީހާ ވަނީ މަރުވެފައެވެ. ހަމަލާ ދިނުމަށްފަހު އާބިދު ވަނީ އެތަނުން ފިލައިފަ އެވެ. އާބިދު ފެނުނީ ހުޅުމާލެ ދެވަނަ ފޭސްގައި ފިލާ އޮއްވައެވެ.

އޭނާގެ ބަންދަށް ފުރަތަމަ ދިން 15 ދުވަސް ހަމަވުމުން އިތުރު 15 ދުވަހުގެ ބަންދެއް ޖެހިއެވެ. އަދި އެ މުއްދަތު އިއްޔެ ހަމަވުމުން އަނެއްކާވެސް 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަންގާފައެވެ.