މޯލްޑިވްސް ޕޮލިސް ސާވިސް

މަރުވި މީހާގެ ޝައްކު އުފެދޭ ކަމެއް ނެތް: ފުލުހުން

Jun 14, 2022

މާފަންނު ގެއަކުން އިއްޔެ މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާގެ މަރާމެދު ޝައްކު އުފެދޭ ކަމެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

މަރުވެފައި އޮއްވާ ފެނުނީ 57 އަހަރުގެ ބިދޭސީއެއް ކަމަށް ފުުލުހުން ބުންޏެވެ. މަރުވެފައި އޮތް މީހާ ފެނިފައި ވަނީ އިއްޔެ 11:45 ހާއިރު އެވެ.

މި މައްސަލައިގައި މިހާތަނަށް ބެލި ބެލުމުގައި ޝައްކު އުފެދޭ ފަދަ އެއްވެސް ކަމެއް ފާހަގަވެފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

އެމީހާގެ ހަށިގަނޑު ގައުމަށް ފޮނުވާލުމަށް ކުރަންޖެހޭ ކަންކަން ގުޅުންހުރި އިދާރާތަކާއެކު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެމީހާ މަރުވެފައި ވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.