މަރު

ދެ ރުއް ދޭތެރޭ ފިތިގެން މީހަކު މަރުވެއްޖެ

ދެ ރުއް ދޭތެރޭ ފިތިގެން މީހަކު މަރުވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ލަންދޫގައި ލޭންޑިން ކްރާފްޓަކަށް ރުއްތަކެއް އަރުވަން އުޅުމުގެ ތެރޭގައި ދެ ރުއް ދޭތެރޭ ފިތިފައިވާ ކަމަށެވެ. އެމީހާ ފަރުވާއަަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައެވެ. މަރުވެފައި ވަނީ 53 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.

މި ހާދިސާ ހިނގީ މިއަދު ހަވީރު 4:15 އެހާކަންހާއިރު އެވެ.

ފުލުހުން ބުނީ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ހިތާމަވެރި ހާދިސާތަކުގައި ބިދޭސީން މަރުވާ ނިސްބަތް ދަނީ އިތުރުވަމުންނެވެ. މިދިޔަ ހަފްތާގައިވެސް މާބުލްތަކެއް ދަށުވެ އަދި ބިއްލޫރި ޕެލެޓްތަކެއް ދަށުވެ ތިން ބިދޭސީ އަކު މަރުވިއެވެ.