މޯލްޑިވްސް ޕޮލިސް ސާވިސް

ހަތަރު އަހަރުން 1.6 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފި

ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 1.6 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހޯމް ސެކްޓާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި 1.6 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެވުނު ކަމަށާއި ކުރީގައި ހުރި މަސްތުވާތަކެއްޗާއެކު 1.9 ޓަނުގެ މަސްތުވާތަކެތި ނައްތާލެވުނު ކަމަށެވެ.

އެންމެ އިސްކަން ދިނީ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ކަމަށެވެ.

ގޭންގްތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ހަތަރު އަހަރުގެ ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް 562 އޮޕަރޭޝަން ހިންގުނު ކަމަށެވެ. މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތަކުގައި 11،955 މީހުން ހައްޔަރު ކުރެވުނެވެ.

މަސްތުވާތަކެތީގެ ތަފާސްހިސާބު 2019 - 2022
  • ޕީޖީއަށް ފޮނުވުނު - 2،681
  • ތަހުގީގުކުރެވިފައިވާ މައްސަލަތައް - 6،165
  • ބަންދުކޮށްފައިވާ ޑްރަގް ކެފޭ - 35

ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި 10،497 ދިވެހިންނާއި 781 ބިދޭސީން ހިމެނެ އެވެ. ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި 416 އަންހެނުންނާއި 18 އަހަރުން ދަށުގެ 261 ކުދިން ހިމެނެ އެވެ.