ހުޅުމާލެ

ވޭނެއް ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓްވެ ބަޔަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލުން ނެއްޓި ހިނގި އެކްސިޑެންޓެއްގައި ވޭންގެ ޑްރައިވަރާއެކު ހަތަރު މީހަކަށް މިއަދު އަނިޔާވެއްޖެ އެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ އިމަޖެންސީ ޓްރާންސްޕޯޓް ފަޅިން ދުއްވާފައި ނިކުތް ވޭނެއް ކޮންޓްރޯލުން ނެއްޓި ގޮސް ބޯގަންވިލާ މަގު ދުވާރު މަތީގައި ތިބި ތިން މީހެއްގެ ގައިގައި ޖެހުނެވެ. އެއަށްފަހު ވޭން ޖެހުނީ އެ މަގާއި ވީ ފަޅިން 168 ނަންބަރު ފްލެޓުގެ އިރުމަތީ ފަރާތު ފާރުގަ އެވެ.

ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓްގެ މައްސަލަ ރިޕޯޓް ލިބުނީ މިއަދު މެންދުރުފަހު 3:40 ހާއިރު އެވެ.

ހާދިސާގައި އަނިޔާވެފައިވަނީ ތިން އަންހެނުންނާއި ފިރިހެނަކަށެވެ. އެ އެންމެންނަކީވެސް ދިވެހިން ނެވެ.

ވޭން ދުއްވާފައިވަނީ އެއްގަމު އުޅަނދު ދުއްވުމުގެ އެ ކެޓަގަރީގެ ލައިސަންސް އޮންނަ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.