ޕީޕީއެމް

މުޒާހަރާއިން ހައްޔަރުކުރި ދެ މީހުން ފިޔަވައި އެންމެން ދޫކޮށްލައިފި

އިދިކޮޅު ކޯލިޝަނުން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން -- ފޮޓޯ: ޕީޕީއެމް
0%
0%
0%

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއިން ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހުން ފިޔަވާ އެންމެން ދޫކޮށްލައިފި އެވެ.

ފުލުހުން ހައްޔަރުކޮށްފައި ތިބީ ސެނެޓަރަކާއި ސްޓިއަރިން ކޮމިޓީގެ މެމްބަރެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެ އެވެ.

ޕީޕީއެމުން ބުނި ގޮތުގައި ރޭގެ މުޒާހަރާއިން ފުލުހުން ވަނީ 21 މީހަކު ހައްޔަރުކޮށްފަ އެވެ. މީގެތެރޭގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުވެސް ހިމެނެ އެވެ. ނަމަވެސް ފަހުން ސައީދު ދޫކޮށްލި އެވެ.

މާލޭގައި އިދިކޮޅު ކޯލިޝަނުން ސިލްސިލާ މުޒާހަރާތަކެއް ފަށާފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލުމަށް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. އިދިކޮޅު ފަރާތްތަކުން ދަނީ އާދިއްތަ ދުވަހުގެ ރެ އިން ފެށިގެން ކޮންމެ ރެޔަކު މާލޭގައި މުޒާހަރާ ކުރަމުންނެވެ.

މުޒާހަރާތަކުގައި ބައިވެރިން މައިގަނޑު ގޮތެއްގައި ގޮވާލަނީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާ އަށެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އަންނަ ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި މުޒާހަރާ ކުރުމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ނިންމާފަ އެވެ.

ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. ގާޒީ ހުކުމް ކުރީ މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ހަތް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ. އަދި ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް ޖަލަށްލުމަށެެވެ. މި ދެ ހުކުމާ އެކު ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް ޔާމީން ތަންފީޒު ކުރަން ޖެހިވަޑައިގަންނަވާނެ އެެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910