އެކްސިޑެންޓް

އެކްސިޓެންޑްވި ޒުވާނާގެ ހާލު ސީރިއަސް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިއްޔެ ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފި އެވެ.

އެކްސިޑެންޓު ހިނގީ ހުޅުމާލެ ދެވަނަ ފިޔަވަހި ނިރޮޅުމަގުގައި ޕިކަޕަކާއި ސައިކަލެއް ޖެހިގެންނެވެ. އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އިއްޔެ ހަވީރު 3:17 ހާއިރު އެވެ.

މި އެކްސިޑެންޓްގައި އަނިޔާވި އުމުރުން 20 އަހަރުގެ ޒުވާނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.