މޯލްޑިވްސް ޕޮލިސް ސާވިސް

ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގަން އުޅުނު މާރާމާރީއެއް ހުއްޓުވައިފި

މާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގަން އުޅުނު މާރާމާރީއެއް ހުއްޓުވައި ފުލުހުން މީހަކު ހައްޔަރުކޮށްފި އެވެ،

ފުލުހުން ބުނީ ރޭ 11:25 ހާއިރު މަޖީދީމަގު ޑައިންމޯ ކައިރީގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މާރާމާރީ ހިންގަން އުޅުނު ދެ މީހަކު ދުއްވި ސައިކަލު އެ ސަރަހައްދަށް ދޫކޮށްލުމަށްފަހު ފިލާފައިވާ ކަމަށާއި އެ ސައިކަލު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފިލި މީހުން ދެނެގަނެ އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.