މޯލްޑިވްސް ޕޮލިސް ސާވިސް

މީހަކަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި

މީހަކަށް މަރުގެ އިންޒާރު ދިން މައްސަލައެއްގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ އެވެ.

އެ މީހާއަކީ އައްޑޫ ސިޓީ ހުޅުމީދޫގައި ރަށު ތެރޭގެ އަމަން ނަގާލަން އުޅުނު ކަމުގެ ތުހުމަތުގައި އަންގާރަ ދުވަހު ހައްޔަރުކޮށް 24 ގަޑިއިރު ފަހުން ދޫކޮށްލާފައި ހުރި މީހެކެވެ.

މި ދެ މައްސަލަވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.