މޯލްޑިވްސް ޕޮލިސް ސާވިސް

އައްޑޫ މާރާމާރީއާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ ހިތަދޫގައި ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން ހަތަރު މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި އެ މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރު ކުރީ އުމުރުން 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ މީހެކެވެ.

އެ އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އައްޑޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި އެ މާރާމާރީގައި ޒަހަމްވި އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއްގެ ހާލު ސީރިއަސްކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މާލެއާއި އައްޑޫގައި ހިންގި ގުރޫޕް މަރާމާރީތަކާ ގުޅިގެން ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ނިންމާ އިތުރު ފުލުހުން މަގުމައްޗަށް ނެރުމަށް ވަނީ ނިންމާފަ އެވެ.