ވަގަށް 200 އަނބު ބިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފި އެވެ.
މި މައްސަލައިގައި ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖެހީ އިއްޔެ އެވެ.
މައްސަލައިގެ މުއްދަތު މަޖިލީހަށް ހުށަހެޅުނު ހާދިސާގެ ރިޕޯޓުގައި އޭނާ ގެންގުޅުނު ކަމަށް ބެލެވޭ ދަބަހެއްގެ ތެރެއިން ވަގަށް ބިނދެފައިވާ 200 އަނބާއި އަނބު ބިންނަން ގެންގުޅޭ ދަނޑިއެއް ސީނުން ފެނިފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން މައްސަލައިގައި ތުހުމަތު ކުރެވޭ މީހާއަކީ 38 ފަހަރު ހައްޔަރުކޮށް އޭގެ ތެރެއިން 19 ފަހަރު ބަންދަށް ބަދަލުކޮށްފައިވާ މީހެކެވެ.
މީގެ ތެރޭގައި ގިނަ އަދަދަކަށް ވައްކަމުގެ ރެކޯޑްސް ހުރިކަން ފާހަގަކޮށްފައިވެ އެވެ.