އެފްއޭއެމް

އެފްއޭއެމަށް ލިބުނު 1.9 މިލިއަން ޑޮލަރަށް ހިޔާނާތްވި މައްސަލައެއް ތަހުގީގު ކުރަނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ހިންގާ އިމާރާތް ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: އަވަސް
0%
0%
0%

ކޮވިޑް-19 އާ ގުޅިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ޖަމާކުރި 1.9 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލައެއް ތަހުގީގު ކުރަމުންދާކަން ފުލުހުން ހާމަކޮށްފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ އެފްއޭއެމްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެގޮތުން އެފްއޭއެމް އަށް ބޭރުގެ ފަރާތްތަކުން ޔޫއެސް ޑޮލަރުގެ ގޮތުގައި ޖަމާކުރާ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެ ފަރާތްތަކާއި ގުޅުން އޮންނަ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ އަދި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންގެ ފައިނޭންޝަލް ކްރައިމް ޔުނިޓްގެ ހެޑް އިންސްޕެކްޓަރު އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފީފާއިން އެފްއޭއެމްއަށް ޖަމާކުރި 10،000 އެމެރިކާ ޑޮލަރު އެފްއޭއެމްގެ އިސްވެރިއެއްގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ އަމިއްލައަށް ބޭނުންކޮށް މަންފާ ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ލިބިފައިވާތީ އެކަމުގެ ތަހުގީގު ނިންމާ ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މީގެ އިތުރުން ކޮވިޑާ ގުޅިގެން އެފްއޭއެމްއަށް ޖަމާކުރި 1.9 އެމެރިކާ ޑޮލަރާއި ގުޅުން ހުރި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށްވެސް ލޫތު ވިދާޅުވި އެވެ.

"އެ މައްސަލައާ ގުޅުންހުރި ވަރަށް ބޮޑު ބައެއްގެ ތަހުގީގު ވަނީ ނިމިފަ،" އޭނާ ވިދާޅުވި އެވެ.

އެފްއޭއެމްއާ ގުޅޭ ގޮތުން ތަހުގީގު ކުރަމުންދާ މައްސަލައިގައި ބައެއް ތަންތަން ބަލައިފާސްކޮށް ޑޮކިއުމެންޓްރީ ހެއްކާއި އިލެކްޓްރޯނިކް ބައެއް ޑިވައިސް ހެކީގެ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910