މޯލްޑިވްސް ޕޮލިސް ސާވިސް

ޕިކަޕެއްގެ ތެރޭގައި ހުތުރު ވައްތަރު ޖެއްސި މީހާ ހޯދަނީ

ޕިކަޕެއްގެ ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖެއްސި މީހަކު ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި ފިރިހެނަކު އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖެއްސި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެގޮތުން އެ މީހާ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ޕިކަޕެއްގެ ތެރޭގައި މީހަކު އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖައްސާ މަންޒަރު ފެންނަ ވީޑީއޯއެއްވެސް ސޯޝަލްމީޑިއާގައި ވަނީ އާންމުވެފަ އެވެ.

ފުލުހުން ވަނީ އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހެއްވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9400053 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފަ އެވެ.