މޯލްޑިވްސް ޕޮލިސް ސާވިސް

މަގުމަތިން ހޮވި ފައިސާތަކެއްގެ ވެރިފަރާތް ހޯދަނީ

ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ މިމަހުގެ 14 ވަނަ ދުވަހު ދޮންއަނދަރާދަ ހިނގުން ގ. ރެސްރޯން ކުރިމަތިން ހޮވައިގެން ގެނެސްފައިވާ 10،000 ރުފިޔާގެ ވެރިފަރާތް ހޯދަމުންދާ ކަމަށެވެ.

މި ފައިސާގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާއާ ހަވާލުވުމަށްވެސް އެދިފައިވެ އެވެ.

މީގެ އިތުރުން އިއްޔެ މ. ހިޖާޒު ކައިރިން ހޮވައިގެން ގެނެސްފައިވާ 700 ރުފިޔާގެ ވެރިފަރާތްވެސް ދަނީ ހޯދަމުންނެވެ.

މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކޮށް ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާއާ ހަވާލުވުމަށް އެދިފައިވެ އެވެ.