މޯލްޑިވްސް ޕޮލިސް ސާވިސް

ބުޅާ މަހުން ކާ އެއްޗެހި ތައްޔާރުކުރާ ކަމަށް ތުހުމަތުކުރާ މީހާ ހައްޔަރުކޮށްފި

ބުޅާ މަސް އަޅައިގެން ކާ އެއްޗެހި ތައްޔާރުކުރާ ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ތުހުމަތު ކުރަނީ ބަންގްލަދޭޝްގެ، އަރްފާތް ހޮސެއިން (32އ) އަށެވެ.

އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ހެނދުނު 10:32 ހާއިރު މާލެއިން ކަމަށް ފުލުހުން ބުނެ އެވެ.

މާލޭގެ މޭރީބްރައުން ކައިރި ޕާކިން ޒޯނުގައި އަރްފާތް ޕްލާސްޓިކް ކޮތަޅެއް ހިފައިގެން ހުރުމުން ދިވެއްސަކު އޭނައާ ސުވާލުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

އެ ވީޑިއޯގައި އެއީ ބުޅާތައް ގެއަށް ގެންދަން ބޭނުންކުރާ ކޮތަޅު ކަމަށް އަރްފާތް ބުނެ އެވެ.

މި ވީޑިއޯކުރި ދިވެހިމީހާ ވަނީ އަރްފާތް ދިރިއުޅޭ ގޭގެ ވީޑިއޯވެސް އާންމުކޮށްފަ އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އެއީ ކާބޯތަކެތި ތައްޔާރުކުރުމަށް ހާއްސަކޮށްފައިވާ ތަނެކެވެ.

މީގެ އިތުރުން ބުޅާ ރޯ އަޑު އެ ސަރަހައްދުން އިވޭ ކަމަށާއި ބުޅަލުގެ ގުނަވަންތައް އެ ގޭގެ ތެރެއިން ފެނިފައިވާ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނާ ކަމަށް އެ ވީޑިއޯގައި ބުނެފައިވެ އެވެ.