މޯލްޑިވްސް ޕޮލިސް ސާވިސް

ކުޅުދުއްފުށި ފަޅު ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހދ. ކުޅުދުއްފުށި ފަޅު ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮއްވައި ފެނުނީ އެ ރަށު ޑެއިޒީފެހި، އުމުރުން 36 އަހަރުގެ މުހައްމަދު ހަސަން އެވެ.

ފުލުހުން ބުނީ އެ ރަށު ފަޅު ތެރެއިން ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މިކަމާ ގުޅިގެން އިތުރު މައުލޫމާތެެއް މިވަގުތު ލިބިފައެއް ނުވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯގައި ފުލުހުންނާއި އާންމުންގެ ބައެއް މީހުން އެ މީހާ މޫދުން ނެގުމަށް އެހީވާ ތަން ފެނެއެވެ.