މޯލްޑިވްސް ޕޮލިސް ސާވިސް

ވަގަށް ނެގި 32،000 ރުފިޔާގެ ފޯނެއް ފުލުހުން ހޯދައިފި

ސައިކަލެއްގެ ޕޮކެޓްގައި އޮއްވާ ވަގަށް ނެގި 32،000 ރުފިޔާގެ ފޯނެއް ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނި ގޮތުގައި އެ ފޯނަކީ ދީދި ގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ ޕޮކެޓްގައި މީހަކަށް ހަނދާން ނެތިގެން ބޭއްވުނު ފޯނެކެވެ.

އެ ފޯނު ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

ފުލުހުން އެ ފޯނު ހޯދީ ސީސީޓީވީ ފުޓޭޖް ބަލައިގެންނެވެ.

އެގޮތުން މި މައްސަލައާ ގުޅިގެން އެ މޯބައިލް ފޯނު ހޯދުމަށް ސީސީޓީވީ ފުޓޭޖް ބަލައި، ފޯނު ވަގަށް ނެގި މީހާ ދެނެގަނެ ގަލޮޅު ޕޮލިސްގެ ފުލުހުން ކުރި މަސައްކަތުން ފޯނު ހޯދާ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.