މޯލްޑިވްސް ޕޮލިސް ސާވިސް

ޗުއްޓީ ދުވަސްވަރު ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތުދީފި

ސްކޫލު ޗުއްޓީ ދުވަސްވަރު ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ހަރަކާތެއް ހުޅުމާލެ ފޭސް 2 ސަލާހުއްދީން ސްކޫލު ކައިރީގައި ފުލުހުން ކުރިއަށް ގެންގޮސްފި އެވެ.

ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނާއި ނެއިބަހުޑް ފުލުހުން ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ސަލާހުއްދީން ސްކޫލު ކައިރީގައި ފުލުހުން ވަނީ އެ ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުންނާ ބައްދަލުކޮށް މައުލޫމާތު ދީފަ އެވެ.

އެގޮތުން ޗުއްޓީއަށް ރަށުން ބޭރަށްދާނަމަ ގޯތިގެދޮރާއި މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ބުނެދީފައިވެ އެވެ. އަދި ވައްކަމާއި ފޭރުމުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކުން ރައްކާތެރިވުމަށް މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.

އެގޭ އިތުުރުން، އެކްސިޑެންޓުތަކުން ރައްކާތެރިވުމަށާއި ޗުއްޓީ ދުވަސްވަރަށް ވުމާއެކު ދަތުރުދިއުމާއި މޫދަށް އެރުންފަދަ ކަންކަން ކުރާނަމަ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަން ބުނެދީފައިވެ އެވެ.

ހަމަ އެހެންމެ ޗުއްޓީގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ރަނގަޅު ކަންކަމުގައި ކުދިން މަޝްއޫލު ކުރުވުމަށް ކުރެވިދާނެ ކަންކަން ބުނެދީ އެމެޖެންސީ ހާލަތުގައި ގުޅާނެ ނަންބަރުތަކާއި ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި މައުލޫމާތު ހިމެނޭ ލީފްލެޓް ބަހާފައިވެ އެވެ.