ކްރިމިނަލް ކޯޓް

ކުޑަ ކުއްޖަކަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފި

ކުޑަ ކުއްޖަކަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފި އެވެ.

މާލޭގައި ހިނގި މި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން އޭނާ 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން މިއަދު އަމުރުކުރި އެވެ.

ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި ކުޑަ ކުއްޖަކަށް އަނިޔާކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާއަކީ އެ ކުއްޖާއާ އާއިލީ ގޮތުން ގުޅުން ހުރި މީހެކެވެ.

ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އެ ކުއްޖާގެ ގައިގައި ފަތިބުރިއަކުން ޖަހާފައިވެ އެވެ.