މަރު

ގަލޮޅު ގެއެއްގެ ތެރޭ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގ. ދިލްކަޝްގޭގެ ތިން ވަނަ ފަންގިފިލާގައި ބިދޭސީއަކު މަރުވެފައި އޮތް މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

މަރުވެފައި އޮއްވާ ފެނިފައިވަނީ ޝްރީލަންކާގެ ރައްޔިތެއްކަމަށްވާ ޕަތުމާ ސިރި ޖަޔަސިންހާ 40، އެވެ.

މިއަދު ހެނދުނު 8:45 ހާއިރު މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމާއެކު ފުލުހުންގެ ޓީމެއް އެތަނަށް ގޮސް ތަހުގީގު ވަނީ ފަށާފަ އެވެ. އަދި މަރުވެފައި އޮތް މީހާގެ ހަށިގަނޑު އޭޑީކޭ އަށް ގެންގޮސް މިހާރު ފުލުހުން ދަނީ ބަލަންޖެހޭ ބެލުންތައް ބަލައި ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ. އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރު ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ މި މައްސަލަ ބަލައި ތަހުގީގު ކުރަމުންނެވެ.