ބިދޭސީން

މަރުވެފައި އޮތް ބިދޭސީއަކު މާލޭ ގެއެއްގެ ތެރެއިން ފެނިއްޖެ

މާލޭގެ ބަނަފްސާ މަގުގައި ހުރި ގެއެއްގެ ތެރެއިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ އެވެ. މަރުވެފައި އޮއްވާ ފެނުނީ އުމުރުން 35 އަހަރުގެ ބިދޭސީ އެކެވެ.

ފުލުހުން ބުނީ އޭނާ މަރުވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 10:00 ހާއިރު ކަމަށެވެ. މަރާ ބެހޭ އިތުރު އެއްޗެއް ބުނަން ނޭނގޭ ކަމަށާއި ފުލުހުން މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މަރުވި ބިދޭސީ މީހާއަކީ ބަނގްލަދޭޝްގެ ރައްޔިތެކެވެ. މަރުގެ އެ ހާދިސާ ފުލުހުން ގެންދަނީ އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ.