ހަބަރު

މަރުވެފައި އޮތް ބިދޭސީއެއް މާލޭގެ ގެއަކުން ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި ބިދޭސީއަކު މަރުވެފައި އޮތްވާ ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ. މަރުވެފައިވަނީ ސްރީލަންކާގެ ރައްޔިތަކަށް ކަމަށް މައުލޫމާތު ލިބެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ސޯސަން މަގުގައި ހުންނަ ގެއެއްގެ ތެރޭގައި ބިދޭސީއަކު ދަންޖެހިގެން މަރުވެފައިވާ ކަމުގެ ރިޕޯޓް މީގެ ބައިގަޑިއިރު ކުރިން ލިބިފައިވާ ކަމަށެވެ. މަރުވެފައިވަނީ 21 އަހަރުގެ މީހެއް ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން ފަށާފައިވާއިރު އެމީހާގެ ހަށިގަނޑު ފުލުހުން މިހާރު ވަނީ ގެންގޮސްފަ އެވެ.

އެ ގެއަކީ ލަންކާ ގިނަ ބަޔަކު އުޅޭ ގެއެކެވެ.

މިއަދު ހެނދުނު ވެސް ވަނީ މާލޭގެ ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮތްވާ ފެނިފަ އެވެ. ހެނދުނު މަރުވެފައި އޮތްވާ ފެނުނީ 51 އަހަރުގެ ދިވެހި އަންހެނެކެވެ.