ހަބަރު

ލިޔުންތަކެއް ގެއްލިގެން ސައުދު ފުލުހަށް ހާޒިރުކުރަނީ

ގއ. ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންއަށް ފުލުހަށް ހާޒިރުވާން އަންގައި، ޗިޓް ފޮނުވައިފި އެވެ. އޭނާއަށް އަންގާފައިވަނީ، މާދަމާ 10:00 ޖަހާއިރު ފުލުހަށް ހާޒިރުވާށެވެ

ސައުދަށް ފުލުހަށް ހާޒިރުވާން އަންގާފައިވަނީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ގއ. ވިލިނގިލި ކައުންސިލުން ހޯދި ލިޔުންތަކެއް ނުފެނުނު މައްސަލާގައި އޭނާއާ ސުވާލުކޮށް، ބަޔާން ނެގުމަށެވެ. މީގެ ކުރިން އޭނާ ވަނީ އޭސީސީއަށް ވެސް ހާޒިރުކޮށްފަ އެވެ. އެހެން ނަމަވެސް ސައުދު މިއަދު ވިދާޅުވެފައިވަނީ، "އެއީ ސިޔާސީ ތުހުމަތެއް" ކަމަށެވެ.

އޭސީސީއިން ސައުދުގެ މައްސަލައެއް ބަލަމުންދާއިރު، އިތުރު މައްސަލައެއް ވެސް ފުލުހުން ދަނީ ބަލަމުންނެވެ. ފުލުހުން ސައުދަށް ކުރަނީ ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަ ކޮށްލަން މަސައްކަތް ކުރުމުގެ ތުހުމަތެވެ.