ހަބަރު

ކެބިން ކުރޫއާ ޒުވާބުކުރި މީހުން ފްލައިޓަށް އެރުން މަނާކޮށްފި

މޯލްޑިވިއަންގެ ކެބިން ކުރޫއަކާ ޒުވާބުކުރި ތިން މީހުން ހަ މަސް ވަންދެން އެ އެއާލައިންގެ އެއްވެސް ފްލައިޓަކަށް އެރުން މަނާކޮށްފި އެވެ. އެކަން މަނާކުރީ ލ. އަތޮޅު މެޖިސްޓްރޭޓް ކޯޓުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކެބިން ކުރޫއާ ޒުވާބުކުރި މައްސަލާގައި ހިފެހެއްޓި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އެ ކޯޓަށް ގެންދިޔުމުން ޝަރުތުތަކާއެކު ދޫކޮށްލާފައިވާ ކަމަށެވެ.

ކޯޓުން އެ ތިން މީހުންނަށް ކުރި ޝަރުތުތަކުގެ ތެރޭގައި ހަ މަސް ދުވަސް ވަންދެން ބޯޓަށް އެރުން މަނާ ކުރުމާއި ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުން ހިމެނެ އެވެ.

މާލެ-ކައްދޫ-ކޫއްޑޫ ފްލައިޓުގައި މިކަން ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އެ އެއާޕޯޓަށް ދަތުރުކުރަނީ މޯލްޑިވިއަން އެކަންޏެވެ. މި މައްސަލަ ފުލުހުން އަދިވެސް ގެންދަނީ ތަހުގީގުކުރަމުންނެވެ.