ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިބޫގެ ކެމްޕެއިން ހެޑްކްއާޓާއަށް ފުލުހުން ވަދެއްޖެ

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާ ސޯލްޓް ކެފޭއަށް ފުލުހުން ވަދެއްޖެ އެވެ.

ފުލުހުން ބުނީ، އިބޫގެ ކެމްޕެއިން އޮފީސް ހުންނަ ސޯލްޓް ކެފޭއަށް ވަނީ އެތަނުގައި ގަވައިދާ ހިލާފު ކަންތައްތަކެއް ކުރަމުންދާތީ އެކަން ހުއްޓުވުމަށް ކަމަށެވެ.

ހެޑްކްއާޓާއަށް ފުލުހުން ވަދެފައިވީ ނަމަވެސް މިހާތަނަށް އެތަން ބަލާ ފާސްކޮށްފައެއް ނުވެ އެވެ. އެތަނުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު އިދިކޮޅުގެ ހުރިހާ އިސް ބޭފުޅުން މިވަގުތު ތިއްބެވީ ކެމްޕެއިންގެ ފަހު ހަރަކާތް ކަމަށްވާ ޕެރޭޑް ލީޑް ކުރެއްވުމަށް މަޖީދީ މަގުގަ އެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ އަވަސްގެ ނޫސްވެރިޔާ ބުނި ގޮތުގައި ސޯލްޓް ކެފޭއިން ފުލުހުން މިހާރު ވަނީ ނުކުމެފަ އެވެ. ނަމަވެސް އެ ސަރަހައްދުގައި ކޮންމެ ވެސް ވަރަކަށް އަދިވެސް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ކެމްޕެއިން ހެޑްކްއާޓާއަށް ވަނީ ހަތަރު އެސްއޯ ފުލުހުންނެވެ. (ތަފްސީލް އަންނަނީ)