ހަބަރު

ސަރުކާރު ބޭފުޅުން ފައިސާ ހިފައިގެން ބޭރަށްދާ މައްސަލައެއް ހުށަހަޅައިފި

ސަރުކާރުގެ އޮފިޝަލުންތަކެއް ނުހައްގުން ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ރާއްޖެއިން ބޭރަށްދާ ކަމަށް ބުނެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ މިއަދުު ފުލުހަށް ހުށަހަޅުއްވާފައިވަނީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިންނެވެ. އަލީ ހުސެއިން ވިދާޅުވި ގޮތުގައި އޭނާ މިއަދު ފުލުހަށް ތަހުގީގުކޮށްދިނުމަށް އެދި ހުށަހެޅީ ސަރުކާރުގެ އޮފިޝަލުންތަކެއް ނުހައްގުން ގިނަ އަދަދެއްގެ ފައިސާތަކެއް ރާއްޖެއިން ބޭރަށް ގެންދާ މައްސަލަ އެވެ.

ނަމަވެސް އެ ތުހުމަތުވާ އޮފިޝަލުންގެ މައުލޫމާތެއް އަލީ ހުސެއިން ހިއްސާއެއް ނުކުރައްވަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތައް ދަނީ ކުރަމުންނެވެ. އަދި ރިޔާސީ އިންތިހާބުގައި ލިބުނު ނާކާމިޔާބީއަށްފަހު ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ކަމަށް ދަނީ ތުހުމަތު ކުރެވެމުންނެވެ.

ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ވެސް މިހާރު ވަނި ސައުދި އަރަބިއްޔާއަށް ވަޑައިގެންފަ އެވެ.