ވިލިމާލެ

ވިލިމާލޭ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

Oct 31, 2018

ވިލިމާލެ ގެއެއްގެ ތެރޭގައި ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ، ވިލިމާލެ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮތްކަމުގެ ރިޕޯޓެއް ލިބިފައި ވަނީ، މިރޭ 10:00 އެހާކަންހާއިރު އެވެ. އަދި ފުލުހުން އެ ގެއަށް ގޮސްބެލިއިރު މަރުވެފައި އޮތީ 60 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. އިތުރު މައުލޫމާތެއް ފުލުހުން ހާމަނުކޮށް ހަމައެކަނި ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.