ހަބަރު

ސެކިއުރިޓީ ގާޑަކު މަރުވެފައި އޮތްވާ ފެނިއްޖެ

ސެކިއުރިޓީ ގާޑަކު ވިލިމާލެގެ ޖޯއްޔެއްގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ކުންފުންޏެއްގެ ވިލިމާލޭ އޮފީހުގެ ސެކިއުރިޓީ ގާޑަކު އޭނާގެ ޑިއުޓީ ގަޑީގައި ޖޯއްޔެއްގައި މަރުވެފައި އޮއްވާ ފެނުނު ކަމުގެ ރިޕޯޓު މިއަދު ހެނދުނު ލިބުނު ކަމަށެވެ.

މަރުވެފައި އޮއްވާ ފެނުނީ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި މިހާތަނަށް ބެލި ބެލުމުން މި މަރުގައި ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވެ އެވެ.

މިމައްސަލަ އިތުރަށް ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނި އިރު މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވެސް ސެކުއުރިޓީ ގާޑަކު ޑިއުޓީއަށް އިންދާ މަރުވެފައި ވެއެވެ.