ހަބަރު

ޔާމީންގެ އެކައުންޓްތައް ފްރީޒްކޮށްފި

18 ސެޕްޓެމްބަރ 2018: އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށް ގިނަ ބަޔަކު އެއްވުމުމާ ގުޅިގެން، އެއާ ވާދައަށް ޕީޕީއެމް އިން މާފަންނު ވެލި ދަނޑުގައި ބޭއްވި "ސައިޒު ދައްކާލަން" ޖަލްސާގެ ތެރެއިން: މި ޖަލްސާއަށް އަތޮޅުތަކުން އެތަށް ފްލައިޓެއް ފުރާ ޕީޕީއެމްގެ ސަޕޯޓަރުން ވަނީ މާލެ އައިސްފަ - މުހައްމަދު އަފްރާހް | އަވަސް
0%
0%
0%

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކުރިމިނަލް ކޯޓުން އަމުރެއް ނެރެފި އެވެ.

އެފަދަ އަމުރެއް އެ ކޯޓުން ނެރެފައިވާކަން "އަވަސް"އަށް ވަނީ ކަށަވަރުކުރެވިފަ އެވެ. ނަމަވެސް އެ ކޯޓުގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

މިކަމާ ގުޅިގެން ރައީސް ޔާމީންގެ އަދި ފުލުހުންގެ ބަހެއް ވެސް ނުލިބެ އެވެ.

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރަން އަމުރު ނެރެފައިވާއިރު ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ކުރި ކަމަށް ތުހުމަތުވާ މައްސަލައެއްގެ ތަހުގީގަށް ފުލުހަށް ހާޒިރުވާން ރައީސް ޔާމީނަށް ފުލުހުން ވަނީ ޗިޓް ފޮނުވާފަ އެވެ. އަންގާފައިވަނީ މާދަމާ ފުލުހަށް ހާޒިރުވުމަށެވެ.

އެމަނިކުފާނުގެ ވަކީލް އާޒިމާ ޝުކޫރު ވިދާޅުވެފައިވާ ގޮތުގައި ރައީސް ޔާމީން ފުލުހަށް ހާޒިރުކުރަން ނިންމާފައިވަނީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެކި ގޮތްގޮތަށް އެމަނިކުފާނުގެ އެކައުންޓަށް ފައިސާ ވަދެފައިވާތީ އެވެ.

އެހެން ނަމަވެސް އެ އެކައުންޓަކީ ރިޔާސީ އިންތިހާބުގެ ގާނޫނީ އޮނިގަނޑުގައިވާގޮތުގެ މަތިން އިލެކްޝަންސް ކޮމިޝަނުން ޑިކްލެއާ ކޮށްފައިވާ އެކައުންޓެއް ކަމަށް އާޒިމާ ވަނީ ވިދާޅުވެފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910