ހަބަރު

މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ނައިވާދޫއަށް ލައްގައިފި

Jan 1, 2019
2

މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ހދ. ނައިވާދޫއަށް މިއަދު ލައްގައިފި އެވެ. ހަށިގަނޑު ލައްގާފައިވަނީ އެ ރަށު އިރުމަތީ ފަރާޓު ގޮނޑުދޮށަށެވެ.

އެ ރަށުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، ލައްގާފައިވަނީ އަންހެނެއްގެ ހަށިގަނޑުކަން ހެދުމުން އެނގެ އެވެ. ބޮޑަށް ބެލެވެނީ ވެސް ބިދޭސީ އަންހެނެއް ކަމަށެވެ. ނަމަވެސް އެއީ ކާކުކަން އެނގޭ މިންވަރަށްވުރެ ހަށިގަނޑު ވަނީ ހަލާލުވެފަ އެވެ.

އެ ރަށުން އަދި އެ އަތޮޅުގެ އެހެން ރަށަކުން ނުވަތަ ރިސޯޓަކުން ވެސް މިފަހުން މީހަކު ގެއްލިގެން ރިޕޯޓްކޮށްފައިވާ ކަމުގެ މައުލޫމާތެއް ނެތެވެ.

އެ ހަށިގަނޑު މިހާރު ވަނީ ސަތި އަޅައި ލެއްގި ގޮތަށް ބާއްވަފަ އެވެ. އެކަން ފުލުހަށް ރިޕޯޓްކޮށްފައިވާތީ ތަހުގީގު ކުރުމަށް ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ފުލުހުން މިހާރު ދަނީ އެ ރަށަށް ދަތުރުކުރަމުންނެވެ.