މޯލްޑިވްސް ޕޮލިސް ސާވިސް

މޫދަށް އެރި އުޅުނު ދެ ފަތުރުވެރިޔަކު މަރުވެއްޖެ

ކ. ދިއްފުއްޓާއި މީރު ފެންފުންޓާ ދެމެދަށް މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުން ބުނެފައިވަނީ މި ހާދިސާގެ މައުލޫމާތު ހުށަހަޅާފައިވަނީ މިއަދު 10:56 ހާއިރު ކަމަށެވެ. ފުލުހުން ބުނީ މަރުވެފައިވާ ދެ ފަތުރުވެރިންނަކީ ފިލިޕީންސް ދެ މީހުން ކަމަށެވެ.

މަރުވެފައިވާ ފިރިހެން މީހާގެ އުމުރަކީ 29 އަހަރު އަދި އަންހެން މީހާގެ އުމުރަކީ 30 އަހަރު ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން އިތުރަށް ބުނީ މި ދެ މީހުން ވެސް ދިއްފުށި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމުގެ މައުލޫމު ލިބިފައިވާ ކަމަށާއި، މިކަން ފުލުހުން މީހަރު ތަހުގީގު ކުރަމުންދާ ކަމަށެވެ.