ހަބަރު

ޖުމެއިރާގެ ފަޔާ ޑާންސަރު ކުއްލިގޮތަކަށް މަރުވެއްޖެ

Jan 17, 2019

ޖުމެއިރާ ވިއްޓަވެލި ރިސޯޓްގައި މަސައްކަތް ކުރާ މުވައްޒަފަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ. މަރުވެފައިވަނީ އެ ރިސޯޓްގެ ފަޔާ ޑާންސަރެވެ.

ކޮންމެ ރެއަކު ވެސް އެ ރިސޯޓްގައި އޭނާގެ ޝޯ އޮންނަ ކަމަށްވެ އެވެ. އޭނާ މަރުވީ ރޭ ޝޯ ނިންމާލާފައި ދަނިކޮށް ކަމަށް މައުލޫމާތު ލިބެ އެވެ. އޭނާއަކީ ފިލިޕީންސްއަށް ނިސްބަތްވާ މީހަކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ފުލުހަށް ރޭ 7:30 ހާއިރު އެ ރިޕޯޓްކުރި ކަމަށެވެ. އޭނާ ރިސޯޓުން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މީހާ ރޭ މަރުވެފައިވާއިރު މިދިޔަ ހަފުތާގެ ތެރޭގައި ފިލިޕީންސްގެ ދެމަފިރިއަކު ވެސް ވަނީ ރާއްޖޭގައި ގެނބިގެން މަރުވެފަ އެވެ. އެ ދެމަފިރިން މަރުވީ ކ. ދިއްފުށީ ކައިރިއަށް ސްނޯކްލިންއަށް ގޮސް އުޅެނިކޮށެވެ. އިއްޔެ ވެސް ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ޕެރަޑައިސް ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ ކޮރެއާގެ ޓޫރިސްޓަކު ވަނީ މަރުވެފަ އެވެ.