ހަބަރު

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ. މަރުވެފައި އޮތް އެ މީހާ ފެނުނީ ގަލޮޅު ބޯޅަދަނޑު ކައިރީގަ ހުރި ގެއަކުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަރުވެފައި އޮތްވާ ފެނުނީ 36 އަހަރުގެ ފިރިހެނެއް ކަމަށާއި އެ މައްސަލަ ފުލުހަށް 4:57 ހާއިރު ރިޕޯޓްކޮށްފައިވާއިރު އެ ގެ ހިމެެނޭ ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުން ގެންދާ ކަމަށެވެ. މިކަމާ ބެހޭ އިތުރު ތަފްސީލެއް އަދި ފުލުހުން ނުދެ އެވެ.

ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފަ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވެސް މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް ޒުވާނަކު ފެނުނެވެ. އަދި މިފަހުން ހުޅުމާލޭ ފްލެޓެއްގެ ބެލްކަނީގައި ވެސް މަރުވެފައި އޮތް މީހަކު ފެނިފައިވެ އެވެ.